އިނގިރޭސި ސަފީރު، ޝާހިދާ ބައްދަލު ކުރައްވައިފި

އިނގިރޭސި ސަފީރު، ޝާހިދާ ބައްދަލު ކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރަން ރޮސްލާ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން ދެން އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގައުމީ މަޖިލީހުގެ މެންބަރު، ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރު އާމިނަތު ޝާއުނާ އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، ކުރީގެ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހި ކުރުމަށް ސަފީރު ކެރަން މަސައްކަތް ކުރެއްވި މަސައްކަތައް އެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައިވާނެ ކަމަށެވެ. އެ ބައްދަލުވުމާ ގުޅިގެން ކެރަން ވިދާޅުވީ ޝާހިދުއާއި ބައްދަލު ކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރެއްވުނީތީވެސް އުފާކުރައްވާ ކަމަށެވެ.

ޝާހިދުއަކީ ރާއްޖޭގައި މިވަގުތު ހުންނެވި ފޮރިން ރިލޭޝަންގެ އެންމެ މޮޅު އެއް ތަޖުރިބާކާރެވެ. ޝާހިދު ފާހަގަ ވެފައިވަނީ އެހެން ގައުމު ތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ގުޅުން ބަދަހި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޝާހިދަކީ ދުނިޔޭގެ ގައުމު ތަކުގެ ލީޑަރުންނާވެސް ވަރަށް ގުޅުން ރަނގަޅު ބޭފުޅެކެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދަނީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ. ޝާހިދަކީ ރާއްޖެއިން، ދުނިޔޭގެ ފެންވަރުގެ އެފަދަ މަތީ މަގާމެއް އެންމެ ފުރުއްވި ފަރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *