ގެއެއްގެ 10 ވަނަ ބުރިން ފުންމާލި ދިވެހި އަންހެން މީހާ މަރުވެއްޖެ

ގެއެއްގެ 10 ވަނަ ބުރިން ފުންމާލި ދިވެހި އަންހެން މީހާ މަރުވެއްޖެ

ކަސްޓަމްސް ކައިރީގައި ހުރި އިމާރާތެއްގެ 10 ވަނަ ބުރިން ފުންމާލި ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ފުރަތަމަ ބުނީ، ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް ފަހުން ބުނީ ފުންމާލީ ކަމަށެވެ. އަންހެން މީހާ ވެއްޓިފައި ވަނީ އެ ވަގުތު އެ ސަރަހައްދުގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގެ މައްޗަށެވެ.

އޭނާ ވެއްޓުމާއެކު، އެތަނުގައި ތިބި އާންމުންގެ ބަޔަކު ވަނީ، އެ އަންހެން މީހާ އެ ޕިކަޕުގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *