މާލެއިން ތިން ދުވަސް ކުރިން ގެއްލުނު ޒުވާނަކު ހޯދަނީ

މާލެއިން ތިން ދުވަސް ކުރިން ގެއްލުނު ޒުވާނަކު ހޯދަނީ

މާލެއިން މީގެ ތިން ދުވަސް ކުރިން ގެއްލުނު ޒުވާނަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ އެކްސް ޕޯސްޓެއްގައި މިއަދު ބުނީ ގެއްލިގެން ހޯދަނީ ހދ. ކުޅުދުއްފުށި / ކިނާރާގެ، އަހްމަދު އަނިލް މުހައްމަދު (23އ) ކަމަށެވެ. އޭނަގެ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށާއި އަނިލް މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަނިލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *