ގްރޫޕް ހަދައިގެން އަންހެނަކު ރޭޕްކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހއްޔަރުކުރި ނުވަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އަޕަ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކު ރޭޕްކޮށް ކުޑަ ކުދިން ތަކަކަށް ޖިންސީނާގޯނާކުރި މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ގެންދަނީ، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ،:މުހައްމަދު މައިސަން ޝިޔާޒު (21އ) އަހްމަދު އިފްތިޝާމް ޒަރީރު (24އ) ނަޖުމުﷲ ހަސަން (35އ) އާޒިމް މުފީދު (24އ) އަލީ ހުޒާމް ސައީދު (31އ) މުހައްމަދު ސާލިހު އަހްމަދު (26އ) އަހްމަދު ނޫހު ނިޔާޒު (20އ) މުހައްމަދު މިޝަލް އަހަމަދު ޒުހައިރު (20އ) އަހްމަދު ސާނިޖު ސާދިގު (32އ) އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުހައްމަދު ސާލިހު އަހްމަދާއި، މުހައްމަދު މިޝަލް އަހްމަދު ޒުހައިރާއި، ނަޖުމުﷲ ހަސަން އަދި އަހްމަދު ނޫހު ނިޔާޒު ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އާޒިމް މުފީދުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި، އަހްމަދު ސާނިޖު ސާދިގުގެ ބަންދުގެ މުއްދަތަކީ 30 ދުވަހެވެ. އަހްމަދު އިފްތިޝާމް ޒަރީރު އާއި، އަލީ ހުޒާމް ސައީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.






