ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ، ޒަރޫރީ ކާބޯތަކެތި ހަމަކޮށްފައި ބަހައްޓަން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ، ޒަރޫރީ ކާބޯތަކެތި ހަމަކޮށްފައި ބަހައްޓަން އިލްތިމާސްކޮށްފި

އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ ޒަރޫރީ ކާބޯތަކެތި ހަމަކޮށްފައި ބެހެއްޓުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް މެޓް ލަފާކޮށްފައިވަނީ އެންޑީއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނީ، މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން މޫސުމީ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށާއި، އުޅަނދުތަކުގައި ހުރި މުވާސަލާތީ ނިޒާމުތަކާއި، ރައްކާތެރިކަމަށްޓަކައި ހުންނަންޖެހޭ ވަސީލަތްތައް ހުރި ނެތްގޮތް ބެލުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި ވަނީ ގެތަކުގެ ފުރާޅު ވަޔާ އެއްލައިގެން ނުދާނެ ގޮތަކަށް ބަނދެފައި ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ވާރޭ ވެހުމާއި އުދަ އަރައި ފެން ބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން ވެސް މުހިންމު ކަމަށް އެންޑީއޭމްއޭއިން ބުންޏެވެ. ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *