ކިންގްސްޓޮން ކުންފުނިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން އެކަން ހިއްސާކުރަން ފުލުހުން އެދިއްޖެ

ކިންގްސްޓޮން ކުންފުނިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން އެކަން ހިއްސާކުރަން ފުލުހުން އެދިއްޖެ

ކިންގްސްޓޮން ހޯލްޑިންގްސް ކުންފުނިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން މައުލޫމާތު ހިއްސާކުރަން ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދުކުރި އިއުލާނެއްގައި ބުނީ ކިންގްސްޓޮން ހޯލްޑިންސް މޯލްޑިވްސް ކުންފުނިން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެ ތަނަށް ހުށަހަޅާފައި ވާތީ އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، އެ ކުންފުނިން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެފައިވާ ނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *