އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ޔާމީނާ ގުޅޭބައި ބަލާ ކޮމިޝަންގެ ޗެއާއަކަށް ލާންވާނީ އަޅުގަނޑު: އަބްދުއްރަހީމް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ޔާމީނާ ގުޅޭބައި ބަލާ ކޮމިޝަންގެ ޗެއާއަކަށް ލާންވާނީ އަޅުގަނޑު: އަބްދުއްރަހީމް

ރާއްޖޭގެ ތާރީޚުގައި ހިނގި ހިޔާނާތުގެ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ކަންކަން ބަލާ ކޮމިޝަންގެ ޗެއާއަކަށް ލާންވާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ހޯދަން ބޭނުން ނުވިޔަސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އަބްދުއްރަހީމަށް އެ ފައިސާ ލިބިފައިވުން ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ "އަޅުގަނޑު ރައީސް މުއިއްޒަށް ގޮވާލަން މިރޭ އިއްޒަތްތެރި ރައީސް އޭ ވީހާވެސް އަވަހަކަށް މިނިވަން ކޮމިޓީއެއް ހައްދަވައިދެއްވާށޭ. ހައްދަވާފައި އަޅުގަނޑުގެ މައްސަލަ ބައްލަވަން ހަވާލު ކުރާށޭ ،ކޮމިޓީގެ ޗެއާއަކަށް ލާންވާނީ ރައީސް ޔާމީނޭ. ޑެޕިއުޓީންގެ ގޮތުގައި ތިއްބަވަން ވާނީ ޑރ. ޖަމީލު އާއި މަލީހު. މެންބަރުންގެ ގޮތުގައި ހުސައިން ވަހީދާއި ޕާޕާއާ. އަޅުގަނޑު މިހިރީ ޖަވާބުދާރީ ވާން ތައްޔާރަށް. އެކަމަކު އެއާއެކީގައި އަނެއް ކޮމިޝަން އުފައްދަވަން ވާނެ. އެ ކޮމިޝަނުގެ ޗެއާއަކަށް އަޅުގަނޑު، ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް އޭރުން އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނަން،" ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ވެރިކަން ވަޑައިގެންނެވިއިރު އެކައުންޓައި އެއްލައްކަ ރުފިޔާވެސް ނުހުންނާނެ ކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެން ފައިބައިވަޑައިގެންނެވިއިރު އެކައުންޓުގައި 500 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އެއީ ކިހިނެތް ހޯދި ފައިސާއެއްތޯ އަބްދުއްރަހީމް ވަނީ ޔާމީނާ ސުވާލު ކުރައްވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *