ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފި އެވެ.

އެކަން ޔަގީންކޮށްދެއްވަމުން ތޯރިގު މިއަދު ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި، އެއީ މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން ކަމަށެވެ.

ތޯރިގަކީ މިހާރު، ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަން ކުރައްވާތާ ފަސްވަނައަށް އެންމެ ގިނަ ދުވަސްމީ މެންބަރުންގެ ތެރޭގައި ހިމެނިވޑައުގަންނަވާ މެންބަރަކެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައި ވެސްތޯރިގު ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކުރެއްވީ، މިއަހަރުގެ މެއި މަހުގެ 22 ގައެވެ.

ތޯރިގު އިސްތިއުފާ ދެއްވާފައި މިވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ކެމްޕޭން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *