އއ. ރަސްދޫގައި ހަށިވިއްކަމުންދިޔަ ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރަސްދޫގެ ޝާހިލް ގޭގައި، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ ސްޕާއެއް ކަމަށްވާ "ބްލޫ ވެލި ސްލޫން އެންޑް ސްޕާ" ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ރިޕޯޓު ލިބުމާއެކު ކޯޓު އަމުރެއްގަ ދަށުން ބްލޫ ވެލި ސެލޫން ބަލައިފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި އުމުރުން 42 އަދި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.