ސަރުކާރުގެ ސިޔާސަތުތައް ހީވަނީ ނަންނުގައްޗެއް ދުވާހެން: ޔާމީން

ސަރުކާރުގެ ސިޔާސަތުތައް ހީވަނީ ނަންނުގައްޗެއް ދުވާހެން: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ސިޔާސަތުތަކުގެ މަތީ ގާއިމުވެ ނުތިބެވުން ކަމަށާއި "ސިޔާސަތުތައް ދަނީ ނަންނުގަންނެއްޗެއް ދުވާހެން" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކާއި ބްރިޖުން ފީ ނަގަން ނިންމުމާއި އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމާ ގުޅޭ ގޮތުން ކުރިން އިއުލާން ކުރެއްވި ސިޔާސަތުތައް، ސަރުކާރުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

ގަރުދިޔަ އާއި ބަތް ކާން ރައްޔިތުންނަށް އެންގުމުގެ ބަދަލުގައި ސަރުކާރުން ކުރަންވީ ކަމަކީ އިގްތިސޯދު ރަނގަޅުކުރަން އަޅަން ނިންމައިފައިވާ ފިޔަވަޅުތައް ރައްޔިތުންނަށް ކިޔައިދިނުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންނަށް ވާނުވާއެއް ނޭނގޭ. [އަޅާ ފިޔަވަޅުތަކުގައި] އިހްލާސްތެރިކަމެއް ހުރި ނަމަތާ، އެނގޭނީ މަރުހަބާ ކިޔާފައި ރައްޔިތުންނަށް އެކަމުގައި ކުރިއަށް ދާން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބްރިޖުން ފީ ނަގަން އުޅޭ ކަން އިއުލާން ކުރާނީ ރައީސަށް ވެސް އެނގިވަޑައިގަތުމާ އެކުގައި ކަމަށެވެ. އެކަމަކު އިއުލާން ކުރުމަށް ފަހު، އެހެން މާނައެއް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވުމުން، އެކަން ވެސް ރައްޔިތުންނަށް އޮޅިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެމަނިކުފާނު ވިދާޅުވީ އެއީ ވެސް، ކަނޑައަޅާ ސިޔާސަތުގައި ދެމިނުހުރެވޭކަން އަންގައިދޭ ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *