އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަން ކުރަން ރުހުން ދީފި

އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަން ކުރަން ރުހުން ދީފި

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އައްޔަން ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށް ރުހުންދީފި އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.

ހިސާންގެ ނަން ހުށަހަޅުއްވައި ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދު ކަމަށާއި ހިސާނަކީ އެ މަގަމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ.

ހިސާނަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދެވި މެންބަރެކެވެ. އަދި 19 ވަނަ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރު ކަމުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން 12 އަހަރުފަހުން ހިސާން އިސްތިއުފާ ދެއްވީ މިއަދެވެ. އެއީ އެ ޕާޓީގެ ނައިބު ރައީސްކަމަށް ވަޑައިގަތުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *