އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ނެތުމަކީ ސްކޭމު ހުއްޓުވަން އޮތް އެންމެ ބޮޑު ޗެލެންޖު: ބީއެމްއެލް

އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ނެތުމަކީ ސްކޭމު ހުއްޓުވަން އޮތް އެންމެ ބޮޑު ޗެލެންޖު: ބީއެމްއެލް

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިފައި ނެތުން ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުގެ އިސްބޭފުޅުން މިހެން ވިދާޅުވީ، ބޭންކު މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އޮޅުން ފިލުވުމަށް އެ ބޭންކުގެ އިސް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެކަމަށްޓަަކައި ބޭންކުން ކުރަމުންދިޔަ މަސައްކަތްތަކާ ބެހޭ ގޮތުން، ބޭންކުގެ ޑިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް އާއިޝަތު ސަމާހު ވިދާޅުވީ، ސްކޭމްތައް ހުއްޓުވުމަށްޓަކައި ފުރަތަމަ ކޮޅު އެކައުންޓުތައް ހިފެހެއްޓި ކަމަށެވެ.

ނަމަވެސް ރިޕޯޓު ކުރި ސްކޭމުގެ ފައިސާ ޖަމާވި އެކައުންޓެއް ހިފެހެއްޓި މައްސަލައިގައި ސިިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، ކަސްޓަމަރެއްގެ އެކައުންޓު ބޭންކަަށް ހިފެހެއްޓޭނީ ކޯޓު އަމުރަކުން ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ނޫންގޮތަކަށް އެކައުންޓްތަައް ހިފެހެއްޓުމުގެ ބާރެއް މިހާރު ނެތް ކަމަށާއި އެއީ އެކަންތައް ހުއްޓުވަން ދިމާވެފައިވާ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، ބޭންކުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި ހައި ކޯޓު މަރުހަލާ ނިމުމުން މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޅިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭ ހާލަތްތައް ވެސް ދިމާވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ފައިސާ ޖަމާވާ ކަސްޓަމަރުގެ ރުހުން ނެތި އެ ފައިސާ ރައްދު ކުރުމުގެ ބާރު ބޭންކަށް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *