ރައީސް ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ނިންމައިފި

ރައީސް ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ނިންމައިފި

އދ.ގައި ތަގްރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.

ރަސީދުތައް ސިއްރުކުރުމަށް އޭރު ރައީސް އޮފީހުން ނިންމުމުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން ނިންމީ ބައެއް މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މި ސަރުކާރުން ވެސް ވަނީ، މައުލޫމާތު ސިއްރުކުރަން ކުރީ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށް ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފަ އެވެ.

ނަމަވެސް މިރޭ ބަންޑާރަ ނައިބު އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އަންގާފައިވާ ގޮތަށް ރިސިޓްތައް ހާމަކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދައުލަތުން މީގެކުރިން ބުނަމުން އައީ ރިސިޓްތަކަކީ މައުލޫމާތެއް ނޫން ކަމަށާއި މައުލޫމާތަކަށް ވާނީ ދަތުރުފުޅަށް ކުރި ހަރަދާ ގުޅޭގޮތުން ރިސިޓްގައި ހިމެނޭ ތަފްސީލުތައް ކަމަށެވެ. އަދި އެ ތަފްސީލުތައް ކުރިން ވެސް ދޫކޮށްފައިވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *