ބަންގުލަދޭޝްގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު ރާއްޖެ ގެންނަނީ

ބަންގުލަދޭޝްގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅު، ދެ ދަރިވަރަކު ރާއްޖެ ގެންނަނީ

ބަންގުލަދޭޝްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގު ކަމަށާއި ދެ ދަރިވަރަކު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބަންގުލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނަގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އިމާރާތްތަކުގައި ހުޅުޖަހައިފައިވެ އެވެ. އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 40 މީހަކު ވަނީ މަރުވެފަ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގެ ގޮތުން އިންޓެނެޓް ކަނޑާލައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އަޅައިފަ އެވެ. އަދި ވަނީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް އަނބުރާ ގެންނަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ކަމަށެވެ. އެ ދަރިވަރުން ރާއްޖެ ގެންނަނީ އެ މީހުން ކިޔަވަމުންދާ ކޮލެޖު ބަންދުކޮށްފައިވާތީ އެ ދެ ދަރިވަރުން ރާއްޖެ އަންނަން ބޭނުންވެގެން ދިވެހި ސަރުކާރުގައި އެދުމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގެ ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *