ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރައިފާނެތީ ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރައިފާނެތީ ހުދު ސަމާލު ނެރެފި

މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ހިމެނޭ އަތޮޅުތަކުގެ ރަށްތަކަށް މިއަދު އުދަ އަރައިފާނެތީ ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ މިއަދު މެންދުރު ފަހު 1:15 އާއި ހަވީރު 5:15 އާ ދެމެދުގައި ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި އެއީ ދިޔަވަރު ބޮޑުވާ ވަގުތު ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ލޮނުގަނޑު 2.8 ފޫޓަށް  އަދި ދެކުނުގެ އަތޮޅުތަކަށް 3.2 ފޫޓަށް ލޮނުގަނޑު އުފުލޭނެ ކަމަށް ވަނީ ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިއަދު މާލެއަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *