ޑެޕއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރި މައްސަލަ ބަލަނީ

ޑެޕއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރި މައްސަލަ ބަލަނީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު، ދައުލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވި މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ މައްެސަލައަކީ ޓެކްސްއާ ގުޅޭ މައްސަލައަކާ ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ) އިން އަމިއްލަ ކުންފުންޏަކާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ދައުލަތުގެ މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި މައްސަލަ ބަލަމުންދާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައިހުރެ މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަމުންދާ މައްސަލަ ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައިވަނީ މީރާގެ ވަކީލުންނެވެ.
މީރާގެ ވަކީލުން ބުނެފައިވަނީ ކޯޓުގައި މީރާއިން ދައުލަތް ތަމްސީލު ކުރާއިރު  ދައުލަތާ ދެކޮޅަށް ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ނަމަވެސް މުނައްވަރު ވިދާޅުވީ އެ މަގާމުގައި ހުންނެވިޔަސް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަސްމެއް ތަމްސީލް ކުރައްވަން ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެއްވާ ކަމަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *