ރާއްޖެއިން މިޔަރު އުރަހަ ތަކެއް ބޭރު ކުރަން އުޅުނު ލަންކާ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރާއްޖެއިން މިޔަރު އުރަހަ ތަކެއް ބޭރު ކުރަން އުޅުނު ލަންކާ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރާއްޖެއިން މިޔަރު އުރަހަ ތަކެއް ވަގަށް ބޭރު ކުރަން އުޅުނު ސްރީލަންކާގެ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށްކުރި ދައުވާގައި ބަޔާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަ ތަކެއް ފެނިފައިވާ ކަމަަށެވެ. އޭނާ ވަނީ ވަގަށް މިޔަރު އުރަހަ ތަކެއް ބޭރު ކުރަން އުޅުނު ކަމަށް އިއުތިރާފު ވެފައެވެ.
އެ މައްސަލައިގެ ރައުޔުގައި އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދައުވާ ލިބޭ ފަރާތުން އިއުތިރާފް ވުމުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައި އޮތީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ވާއިރު، އެ މައްސަލާގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ގާޒީ ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މީހާގެ ދަރިއަކު ސްރީލަންކާގައި އެކްސިޑެންޓްވެ، ފަރުވާ ހޯދަމުންދާ ކަމުގެ ލިޔުން ތަކެއް ހުށަހަޅާފައިވުމެވެ. އެހެން ކަމުން އެ ކުއްޖާގެ ހައްގުގައިވެސް އެންމެ ރަނގަޅު ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށެވެ. އެހެންވެ ގާޒީ ހުކުމް ކުރެއްވީ އޭނާ 50،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ 1 މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *