ދިވެހި އަންހެނަކާ ކައިވެނި ކުރީ ހަށިވިއްކާ ނެޓްވޯކެއް ހިންގަން، ނެޓްވޯކުގައި 23 އަންހެނުން!

ދިވެހި އަންހެނަކާ ކައިވެނި ކުރީ ހަށިވިއްކާ ނެޓްވޯކެއް ހިންގަން، ނެޓްވޯކުގައި 23 އަންހެނުން!

ދިވެއްސަކާ ކައިވެނި ކޮށްގެން އުޅުނު ބިދޭސީއަކު ހިންގި ހަށިވިއްކާ ނެޓްވޯކެއް އަތުލައިގަނެ، އެންމެން ޑީޕޯޓް ކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އިމިގްރޭޝަނުން މި ފަހުން ހިންގި ރެއިޑު ތަކުގެ ތެރެއިން އަތުލައިގަތް ހަށި ވިއްކުމުގެ ނެޓްވޯކަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅުނު ބިދޭސީ ފިރިހެނެއް ކަމަށްވާ އާރިފް ކަމާދަރޫ އިސްވެ ހުރެ ހިންގި ކަމެއް ކަމަށެވެ.
އެ ނެޓްވޯކު ހިންގުމުގެ ބޭނުމަށް އާރިފް ދިވެހި އަންހެނަކާ ކައިވެނި ކުރީ 2019 ގައި ކަމަށާއި، އޭނާ ޑީޕޯޓް ކޮށްލުމާއި ހަމައަށް 23 އަންހެނަކު ރާއްޖެ ގެނެސް، އެ މީހުން ލައްވައި ހަށި ވިއްކުމުގެ ވިޔަފާރި ހިންގާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
އެ މައްސަލައިގައި އާރިފްއާއެކު އެ 23 އަންހެނުން ވެސް ހައްޔަރުކޮށް، ޑީޕޯޓް ކޮށްލައިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *