ދިރާގުން ދޭން ބުނި ޓެސްލާ ކާރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

ދިރާގުން ދޭން ބުނި ޓެސްލާ ކާރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތުން ހޮވިގެން ޓެސްލާ ކާރު ލިބެނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުސްތަފާ މުހައްމަދު ކިޔާ މީހަކަށް ކަމުގައި ދިރާގުން އިއުލާން ކޮށްފި އެވެ.

ޓެސްލާ ކާރު ލިބޭ ނަސީބުވެރިޔާ އިއުލާންކުރީ ބޮޑު އީދުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ދިރާގުން ބާއްވަމުން އަންނަ 'ދިރާގު އީދު ޝޯ’ގެ ތެރެއިންނެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތުން ހޮވިގެން ޓެސްލާ ކާރު ލިބެނީ މުސްތަފާ މުހައްމަދު، ކ.ތުލުސްދޫ އަށެވެ.

ދިރާގުގެ އޮފިޝަލަކު 'މާލެ ޓައިމްސް' އަށް މައުލޫމާތުދެމުން ވިދާޅުވީ ގުރުއަތު ނެގިއިރު ނަސީބުވެރި ފަރާތް އެ ތަނުގައި ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެރިފިކޭޝަން މަރުހަލާ ފުރިހަމަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތާޑް ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސާފަ އެވެ.

ކްރޯ މޯލްޑިވްސްއިން ވަނީ ގުރު ނެގުމުގެ މަރުހަލާތައް ގާތުން ބަލައި، ގުރު ނެގިއިރު އެ ތަނުގައި ވެސް ހަރަކާތްތެރިވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *