ރަސްމާލެ ހިއްކަން ހަވާލުކުރި ކުންފުންޏަށް އެކަމެއްނުވި، ޕްރޮޖެކްޓް އަތުލައި، އެހެން ބަޔަކު ހޯދަނީ

ރަސްމާލެ ހިއްކަން ހަވާލުކުރި ކުންފުންޏަށް އެކަމެއްނުވި، ޕްރޮޖެކްޓް އަތުލައި، އެހެން ބަޔަކު ހޯދަނީ

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި އިކޯސިޓީއެއް ތަރައްގީ ކުރަމަށް އެ ފަޅު ހިއްކުމަށް ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް އެއްބަސްވުމާއި އެއްގޮތަށް ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި، އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

އެޗްޑީސީ އާއި ސީއެމްސީސީއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސީއެމްސީސީއާ ހަވާލުކުރީ މާލޭ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީއާ ހަވާލުކުރީ ކޮންޓްރެކްޓާރ ފައިނޭންސިންގ އުސޫލުންނެވެ. މާލޭ ސަރަހައްދުން 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ އެ ކުންފުންޏަށް ހޯދައިދިނުމުގެ ގޮތުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި ވަނީ އެ ކަމަށް ބޭނުންވާ ފައިސާ ސީއެމްސީސީއަށް ހޯދިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

މުއްތަލިބު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ފެށިގެން ދާނެ. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ހިއްކާ ނިންމޭ ވަރަށް، ތަފާތު ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަލުން އެ މަޝްރޫއުގެ މަސައްކަތް ފަށަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ތަކެއްވެސް ލިބިފައިވާ ކަމަށާއި އެހެން މޮޑެލްއެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އޭގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ." ފަހުން އެކްސްގަަައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ

ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން އިތުރު ފުރުސަތު ނުދޭން ނިންމައި، މަޝްރޫއު އެ ކުންފުނި އަތުން ނަގާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

އެ މަސައްކަތް ސީއެމްސީސީ އަތުން އަތުލި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ބިން ތަކެއް ދިނުމަކާއި ނުލައި ކޮންޓްރެކްޓަރުން މެދުވެރި ވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުން ވުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *