އެފްއޭއެމް އޮފީހަށް ފުލުހުން ވަދެއްޖެ

އެފްއޭއެމް އޮފީހަށް ފުލުހުން ވަދެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ފުލުހުން މިއަދު ވަދެއްޖެއެެވެ.

ފުލުހުން އެފްއޭއެމަށް ވަދެފައި ވަނީ، ތަހުގީގު ކުރަމުންދާ މައްސަލައަަކަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޯޓު އަމުރުގައި ބުނާ ގޮތުން، ފުލުހުން ހެކީގެ ގޮތުގައި ހޯދަމުންދާ ތަކެތީގެ ތެރޭގައި ބޭންކް ތަކާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު ކޮށްފައިވާ ފައިސާގެ މުއާމަލާތް ތަކުގެ ލިޔެކިޔުންތައް ހިމެނެއެވެ. އަދި އެ މުއާމަލާތް ތަކާގުޅޭ ޕޭމަންޓު ރަސީދު ތަކާއި، މައުލޫމާތު ރައްކާކުރެވޭ ހާޑްރައިވް ފަދަ ވަސީލަތްތަކާއި، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ލިޔެކިޔުން ތައްވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *