ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ހަޓުތައް ނަގަނީ

ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ހަޓުތައް ނަގަނީ

ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓުތައް ނަގައި އެ ސަރަހައްދު ނަގައި، އެ ތަން ތަރައްގީ ކުރަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތް ތަކުން ހަދާފައިވާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަން އަންގާ ކަމަށެވެ. އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

"އަދި ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ. މިގޮތުން ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމުގައި ދަންނަވަމެވެ." އެޗްޑީސީން ބުނެފައިވެއެވެ.

ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތް ތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށާއި ނަމަވެސް އެ ތަނަކީ އަދި ތަރައްގީ ކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ އާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުން ކުރަމުންދާ ގޮތުގެ ސަބަބުން ސާފުކޮށް ބެލެހެއްޓުމަށް ގިނަ ދަތިތަކެއް ދިމާވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *