މާލޭ، ފާމަސީ އަކުން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ވައްކަން ކޮށްފައި ވަނީ އަބަދަށްފެހި މަގުގައި ހުންނަ ފާމަސީ އަކުން ކަމަށާއި، ވައްކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 8:30 ހާއިރު ކަމަށެވެ. ފާމަސީން ވައްކަންކުރި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއަދު 7:54 ހާއިރު އަބަދަށްފެހި މަގުގައި ހުންނަ "ނިއު ލައިން" ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށެވެ. "ނިއު ލައިން" ފިހާރައިން ވައްކަންކުރި މައްސަލަވެސް ބަލަމުންދާ ކަމަށާއި އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.