މާލެ އަތޮޅު ގާފަރު ފަޅު. މި ފަޅު ހިއްކައި 16 ރިސޯޓު ހަދަން ވަނީ ނިންމާފައި

ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް، 16 ރަށް ހިއްކަނީ

ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް، 16 ރަށް ހިއްކަނީ

މާލެ އަތޮޅު، ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް ފެށުމުގެ ގޮތުން އެ ފަޅުން 16 ރަށެއް ހިއްކުމަށް ނިންމައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން 35 މިލިއަން ޑޮލަރު (556 މިލިއަން ރުފިޔާ) އަށް ދިވެހި ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސްއާއި ހަވާލު ކޮށްފިއެވެ.

އެމްއެފްއެމްސީން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމުގެ އިތުރުން، އެ ފަޅުގައި ލަގްޒަރީ ދެ ރިސޯޓު ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ ފަޅުން އިތުރު 40 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެއީ ޖުމްލަ 106.91 ހެކްޓަރުގެ ބިން ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

ގާފަރު ފަޅުން ހިއްކާ ރަށް ތަކުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް 36 ޑޮލަރު ޚަރަދުވާނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތައް 3 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށާއި، އެއީ ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ރާއްޖޭގައި މިވަގުތު ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ތަކަށްދާ ޚަރަދަށް ބަލާއިރު އެއީ ކުޑަ އަދަދެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި އެ މަޝްރޫއަކީ ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެއް ކަމަށާއި، އެޓޯލް ވޯކްސްއަށް އެ ފައިސާ އެމްއެފްއެމްސީން ދޭނީ ދިގު މުއްދަތަކަށް އެ ރަށްތައް ކުއްޔަށް ދީ، އާމްދަނީ ހޯދުމަށް ފަހު ކަމަށް، އެމްއެފްއެމްސީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *