ސައުދީ އަމީރު ބަދުރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސައުދީ އަމީރު ބަދުރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސައޫދީ އަރަބިއާގެ އަމީރު ބަދްރު ބިން އަބްދުލް މުހްސިން ބިން އަބްދުލްއަޒީޒް އަލް ސައުދު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދުގެ އަރިހަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ތައުޒިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ބަދުރަކީ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލި ކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށެވެ. ސައުދީގެ އަދަބިއްޔާތާއި ސަގާފަތަށް ބަދުރު ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތް ތަކުގެ އަގު އަންނާން އޮތް ޖީލު ތަކުންވެސް ވަޒަން ކުރަމުން ދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި އަދި ވަލީ އަހުދަށް، ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި އެ މެސެޖުގައި، އިތުރަށް ވިދާޅުވީ ބަދްރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މީގެއިތުރުން ބަދުރުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، މަރުހޫމުގެ ފާފަ ފުއްސުވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަދްރު އަވަހާރަވީ އުމުރުފުޅުން 75 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *