މާލޭ މަގު މައްޗަށް ކުނި އަޅައިގެން އަތުލައިގަތް ބިދޭސީ މީހާ

މާލޭ މަގު މައްޗަށް ކުނި އަޅައިގެން އަތުލައިގަތީ ވަގަށް އުޅޭ ބިދޭސީއެއް، ޑީޕޯޓް ކޮށްލަނީ

މާލޭ މަގު މައްޗަށް ކުނި އަޅައިގެން އަތުލައިގަތީ ވަގަށް އުޅޭ ބިދޭސީއެއް، ޑީޕޯޓް ކޮށްލަނީ

މާލޭގެ މަގުމައްޗަށް ކުނި އެޅި މައްސަލައިގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ނުވަތަ ވަގަށް އުޅޭ ބިދޭސީއަކު އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ބިދޭސީ މިހާ ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން ކުރަމުން ކަމަށެވެ.

"މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާ ހަވާލު ކުރެވިފައި. ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން" މާލެ ކައުންސިލުން ބުނެފައިވެއެވެ.

މާލޭގެ ޕާކިން ޒޯނު ތަކަށް ކުނި އެޅި ހަތަރު ބިދޭސީއަކު ދެނެގަތުމަށް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވީޑިޔޯ ތަކެއްވެސް އާންމު ކޮށްފައެވެ. ސިޓީ ކައުންސިލުން ވަނީ އެ ބިދޭސީން ދެނެގަނެ އެ އެންމެން ޖޫރިމާނާ ކޮށްފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައި ވަނީ މާލޭގެ މަގުތަކަށް އާންމު ގޮތެއްގައި ބިދޭސީން ކުނި އަޅަމުންދާ ކަމަށެވެ. އޭގެތެރޭގައި ގިނައީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *