މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާ

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މައުމޫނާއި އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނި ތަކަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓާރ ޖެެނެރަލް އޮފީހުން ބުނީ، އޭގެތެރޭގައި ހިމެނެނީ، މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަކެއް ކަމަށެވެ. ފުރަތަަ ދައުވާއަކީ 7 އޭޕްރީލް 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާ ކޮށްފައިވާ މައްސަލައާއި ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.

ދެވަަނ ދައުވާއަކީ 7 ޖޫން 2016 ގައި މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަކާއި، އޭނާއާއި ގުޅުން އޮންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.

ތިން ވަނަ ދައުވާއަކީ 1 އޯގަސްޓް 2016 ގައި މައުމޫނާއި ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.

ހަތަރުވަނަ ދައުވާއަކީ 9 އޭޕްރީލް 2017 ގައި މައުމޫނާއި ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ފަސްވަނަ ދައުވާއަކީ، 15 މެއި 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ހަވަނަ މައްސަލައަކީ 23 އޯ ގަސްޓް 2017 ގައި މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ. ހަތް ވަނަ މައްސަލަކީ 8 އޮކްޓޯބަރު 2017 ގައި މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެކެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާއި ގުޅުން ހުރި އެކައުންޓު ތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 4.6 މިލިޔަން ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *