ދިވެހިން އެދެނީ، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތު ސަރުކާރުން ހިމާޔަތް ކޮށްދިނުން: ގާސިމް

ދިވެހިން އެދެނީ، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތު ސަރުކާރުން ހިމާޔަތް ކޮށްދިނުން: ގާސިމް

ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިޚްލާސްތެރިކަމާއެކު ކުރާތަން ފެނުންކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުން އޮތް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމުގައި ގަބޫލުކޮށް އެ ނިންމުމަށް ވޯޓު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މިހާރު އުފެދިފައިވާ ބަހުސްތަކާއި ގުޅިގެން އަމިއްލަފުޅު ވިސްނުން ޓުވިޓަރގައި ހިއްސާކުރައްވަމުން ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގެ ބިމުގެ އިތުރުން ރާއްޖޭގެ ޖައްވާއި ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭކަށްވެސް ލޭހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.

ރައްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހިރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއްނޫން.

ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކުކުރުމުގެ މައްސަލާގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓންސް"ގެ އުސޫލުކަމަށަ ދެކި، ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނަ ކަމަށެވެ.

ސަބަބެއްކަމުގައި ގާސިމް ވިދާޅުވެފައިވަނީ އިން ވަކިކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑުބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅާފައިވާ)ތަނާއި ދެމެދު އޮތް ސަރަހައްދެއްމަކަށް ވާތީ ކަމުގައެވެ.

ގާސިމް ވިދާޅުވެފައިވަނީ އދ.ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ ކަމުގައެވެ. މިގޮތުން ގާސިމް ވިދާޅުވީ ދިވެހިން އެދެނީ މިމައްސަލާގެ ފީނެން އޮތް އެންމެ ފުނަކަށް ފީނުން ކަމުގައެވެ.

ތިމާގެ އަމިއްލަ މުދަލެކޭ  ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑޫބޭބެ"ގެ އެދުމަށް ދޫކޮށްނުލާކަން ސާބިތުވުން.

ގާސިލް ޓުވިޓަރއިން އާންމު ކުރެއްވި ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލާގައި ގާނޫނީ ބައެއް ބޭފުޅުންނާއި ސިޔާސީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން މީޑިއާތަކާއި ހަމައަށް ތިލަވެގެން އައުމުން ސަރުކާރުން ބުނެފައިވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ލިބިގެން ނުދާނޭކަމުގައެވެ.

މީޑިއާތަކަށް ފޯރުކޮށްދީފައި މައުލޫމާތުތަކުގައި އޭޖީ އޮފީހުން ވިދާޅުވެފައިވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމާފައިވަނީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

އޭޖީ އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) 2019ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ވެސް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެެއްކަމަށް ނިންމާފައިވާ ކަމަށާއި އަދި އޭގެ ފަހުން ޔުއެން ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ ގަރާރަކުންވެސް އެ އަތޮޅު މޮރިޝަސްއާއި ހަވާލުކުރަން ޖެހޭނެކަމަށް ނިންމާފައިވާ ކަމުގައެވެ.

ރާއްޖެއިން ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތު. ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި ތިމުމާއި ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ. މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހުވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަކުރެއްވީ އެވާހަކަ. ޗޯގޮސްއަކީ އެތަނުގެ އަސްލު ވަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލުކުރޭ.

ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި ސަބަބާއި ބަދަލުކުރި ގޮތް ސާފުކޮށްދެމުން ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *