ޗާގޯސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑަށް ބަދަލެއް ނާދޭ: އޭޖީ

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑަށް ބަދަލެއް ނާދޭ: އޭޖީ

ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެކަމަށާއި، ރާއްޖޭގެ ނިންމުން ބަދަލު ނުވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މިހެން ބުނެފައިމިވަނީ  ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާތީ، އެކަމާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުމާއި ގުޅިގެންނެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހުސައިން ހަސަން ވިދާޅުވީ، ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއްކަމަށާއި، އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމަށެވެ. މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވާކަމަށާއި، ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްނުލާނެކަމަށް ޙުސައިން ވިދާޅުވިއެވެ.

އެކަމަކު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެކަމަށާއި، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެން. އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، ބަދަލުވީ އދ. ގައި ނަގާ ވޯޓިންގގެ ސިޔާސަތުކަމަށާއި، ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ. މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވަނީ ވިދާޅުވެފައިވާކަމަށެވެ. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރާކަމަށްވެސް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އެޑްވައިޒަރީ އޮޕީނިއަންއެއް 2019 ގައި ޗާގޮސް ޑީކޮލޮނައިޒޭޝަން މައްސަލައާ ގުޅިގެން ނެރުނުކަމަށާއި، އޭގައިވެސް ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްެއާ ހަވާލުކުރަންޖެހޭކަމަށް ނިންމާފައިވާކަމަށް ޙުސައިން ވިދާޅުވިއެވެ. އައިސީޖޭއަކީ ބައިންއަޤްވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑިޝަލް ބޮޑީކަމަށާއި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓް އައިސީޖޭގެ އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޮނިއުނިޓީގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް. ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވޭ. ވީމާ ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެއް.އަދި ރާއްޖެެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމެއް. ރާއްޖޭގެ ފޮރިން ޕޮލިސީ ސްޓޭޓްމަންޓްތަކުގައި އެގޮތަށް ފާހަގަކޮށްފައިވޭ.އަދި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ. ވީމާ އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ.

– ހުސައިން ވިދާޅުވިއެވެ.

އިޓްލޮސް ގައި މިހާރު ކުރިޔަށްދާ މައްސަލައިގައި ޕްރިލިމިނަރީ ނިންމުމުގައިވެސް އިޓްލޮސްއިންވެސްވަނީ އައިސީޖޭގެ 2019 ވަނަ އަހަރުގެ އެޑްވައިޒަރީ އޮޕީނިއަންއަށް ބުރަވެ، ޗާގޮސްެއަކީ މޮރިޝަސްގެ ތަނެއްކަމަށް ބުރަވެ، މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ހުސައިން ވިދާޅުވިއެވެ.

އަދި ރާއްޖެއިން މޮރިޝަސްއަކާ އެއްކޮޅަކަށް އާބިޓްރޭޝަން މައްސަލައިގައި ނާރާ. ޔޫއެން ޖެނެރަލް އެސެމްބްލީގައި ޗާގޮސް ޑީކޮލޮމައިޒޭޝަންއާ އެއްކޮޅަށް ވޯޓު ދިނުމަކީ އާބިޓްރޭޝަންގައި އެއްކޮޅަށް އެރުމެއް ނޫންކަމަށާއި، ފުށުއަރާ މައްސަލަ ހައްލުކުރާނީ ބައިނަލްއަޤްވާމީ ގާނޫނާ އެއްގޮތަށްކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޮޅުވާ ނުލައްވާ. އާބިޓްރޭޝަންގައި ރާއްޖެއިން މިހާރު ވެސް އެ ޗެލެންޖު އެ ކުރައްވަނީ މޮރިޝަސްއާ ދެކޮޅަށް. ރާއްޖެއިން ނަގަންޖެހޭ ގާނޫނީ ނުކުތާތައް ނަގައި، މޮރިޝަސްއިން އެދޭގޮތަށް ބައުންޑަރީ ކުރަހަން ރާއްޖެއިން ޗެލެންޖްކޮށްފައިވާނެ. އެންމެ އިއްޗިއެއް ވެސް ދޫދޭ ގޮތަކަށް ނޫނޭ މިތިބީކީ. މި މައްސަލާގައި މި އޮފީހުން އިޓްލޮސްގައި ރާއްޖެއިން އެ ވަކާލާތު އެ ކުރައްވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތު. ރާއްޖޭގެ ދިފާޢުކޮށް، ދިވެހިރާއްޖެ ތަމްޞީލުކުރުމަށް މަސައްކަތް ކުރަމުން އެ ގެންދަނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް.

– ހުސައިން ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *