ތަރައްޤީގައި ރައްޔިތުންގެ އިތުބާރު އޮތް ލީޑަރަކީ ރައީސް ޔާމީން: ޕީޕީއެމް

ތަރައްޤީގައި ރައްޔިތުންގެ އިތުބާރު އޮތް ލީޑަރަކީ ރައީސް ޔާމީން: ޕީޕީއެމް

ރާއްޖޭގެ ތާރީހުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެންމެ ގިނަ ޕްރޮޖެކްޓް ހިންގީ ރައީސް ޔާމީންގެ ނިމިދިޔަ ފަސް އަހަރުގައި ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ހީނާ ވިދާޅުވީ ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާދަތުރުފުޅު ތަކުގައި އެމަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ގެނެސްއްވި ތަކުރާރު ކޮށްދެއްވުމަށް އެދެމުންދާކަމަށެވެ.

ރައީސް ޔާމީން ވަނީ މުޅި ރާއްޖޭގައި އެއްފަހަރާ އެތައް ޕްރޮޖެކްޓްތަކެއް ހިންގަވައި، ރާއްޖޭގައި މިއިން ޒަމާނަކު ނުފެންނަ ވަރުގެ ތަރައްޤީގެ އިންގިލާބީ ބަދަލުތަކެއް ނިމިދިޔަ ފަސް އަހަރުގައި ގެނެސް ދެއްވާފައިކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިހާރުވެސް މުޅި ރާއްޖެއިން ފެނިގެންދާ ތަރައްޤީގެ މަންޒަރުތަކަކީ ރައީސް ޔާމީންގެ ދުރުވިސްނުމާއި، ސިޔާސަތުގެ ތެރެއިން ފެނިގެންދާ ތަރައްޤީކަމަށް ހީނާ ވިދާޅުވިއެވެ.

އެންމެ ފަހުން ރައީސް ޔާމީން ހއ.އަށް ކުރެއްވި ދަތުރުގައިވެސް އެންމެބޮޑު ޝަކުވާތަކެއް ލިބިފައިވަނީ މަސްވެރިންގެ ފަރާތުން ކަމަށް ހީނާ ވިދާޅުވިއެވެ. މިސަރުކާރުން މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގޭދޮށު މަސްފެކްޓްރީ އާއި، މަހަށް ހަމަ އަގު ހޯދައިދިނުމާއި، މަސްވެރިންނަށް އައިސް ހޯދައި ދިނުން ފަދަ އެތައް ވައުދެއްވެ، މިކަހަލަ އެއްވެސް ވައުދެއް ނުފުއްދޭ ތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައި މިކަންކަން ބަދަލުކޮށް ދެއްވުމަށް ރައީސް ޔާމީންގެ ކިބައިން މަސްވެރިން އެދެނީ.

– ހިނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މިސަރުކާރުން އަތޮޅު ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް އިހުމާލު ވަމުންދާކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ އެތައް ވައުދެއް ނުފުއްދި ރައްޔިތުން އެވައުދުތަކުގެ ވާހަކަ މިއަދު ރައީސް ޔާމީން ރަށްރަށަށް ވަޑައިގަތުމުން ދަންނަވަމުންދާކަމަށެވެ. މިސަރުކާރުންވެސް އެންމެ ޖެހިލުންވަނީ ވެފައިވާ ވައުދުތައް ނުފުއްދި އެކަންކަން ރައްޔިތުން ރައީސް ޔާމީނާއި ހިއްސާކުރާތީކަމަށް ހީނާ ވިދާޅުވިއެވެ.

މިސަރުކާރުން ކިތަންމެ ކަންބޮޑުވިޔަސް ރައީސް ޔާމީން ދިވެހި ރައްޔިތުން ބޭނުންވާ ބަދަލު އަނެއްކާވެސް ގެނެސް ދެއްވާނެކަމަށް ހީނާ ވިދާޅުވިއެވެ. ތަރައްޤީގައި ދިވެހި ރައްޔިތުން ރައީސް ޔާމީން ނޫން މީހަކަށް އިތުބާރު ނުކުރައްވާކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *