ރަސްމާލެ މަޝްރުއާ ގުޅޭ އެއްބަސްވުން ހާމަކުރަން ގޮވާލާ ބަހުސް ފަށައިފި

ރަސްމާލެ މަޝްރުއާ ގުޅޭ އެއްބަސްވުން ހާމަކުރަން ގޮވާލާ ބަހުސް ފަށައިފި

ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް ކުންފުންނާއެކު، ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ދައުލަތުގެ މިލްކުގައިވާ އެއްްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭން ވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށްދޭން ވާނީ ނުވަތަ ދޫކޮށްލަން ވާނީ ނުވަތަ ރަހުނު ކުރަންވާނީ ނުވަތަ ނައްތާލަން ވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ގާނޫނީގޮތުގެމަތިން ކަަމަށް ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށްނުދެވޭނެކަަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން މައުލޫމާތު ހޯދުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިގެންވާއިރު ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކޮމާޝަން ޓާމްސް އެގްރީމެންޓްގައި ސަރުކާރާއި، އީގަލްސް ހިލްސް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް އެއްބަސްވުމުގެ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް އެކަން އޮތްއިރު މީކާއީލް ވިދާޅުވީ ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލްގެ ތަރައްގީއާ ގުޅިފައިވާ، ގައުމުގެ އެންމެ ބޮޑު ރައުސުލްމާލުކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަން އުޅޭގޮތުން އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

މީކާއީލް ފާހަގަ ކުރެއްވި ސަބަބުތައް:ތަފްސީލް ހާމަކޮސްފައި ނުވުންރައްޔިތުންގެ ޓެކްސް ފައިސާއިން ބިންހިއްކުމަށްފަހު އެ ބިން ހިއްކުމަށްދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން  އެކުލަވާލާފައި އޮތުންރަސްމާލޭން ހިއްކާފައިވާ 500 ހެކްތަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލްސް ހިލްސް އަށް ދީފަ އޮތުން އިކުއިޒަޝް ފީއެއްް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުންއެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިންލީޒް އިންޓްރެސްޓް އުފެއްދުމުގެ ހައްގު އީގަލްސް ހިލްސް އަށް ލިބޭގޮތަށް އެއްބަސްވުން އެކުލަވާާފައި އޮތުންމިފދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ގެއްލުންތަކެއް ލިބި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށްވުންމި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި މަސަލައަށް ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *