މީދޫގައި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި

މީދޫގައި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި

ދ. މީދޫގައި ޙަރަކާތްތެރިވަމުން ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާއާއި ކުރި ފުރައްސާރަ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދ. މީދޫގައި ޚަބަރު ފެތުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާއާއި ކުރި ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

މީގެއިތުރުން، ނޫސްވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތި، ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި، މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

އަދި އެކި ކަހަލަ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، ބިރުވެރިކަމާ ކުރިމަތިލާންޖެހޭ ހާލަތްތަކުގައިވެސް ފަސްޖެހުމެއްނެތި، ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަކޮށްދިނުމުގައި ރާއްޖެ ޓީވީގެ ޓީމުން ދައްކުވައިދޭ ސާބިތުކަމާއި ހިތްވަރަށް ތައުރީފު ކުރައްވައި، އެ ޓީމަށް ޝާހިދު ވަނީ ސާބަސް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *