ފާތިހުގެ މަރު: އިރުފާންގެ މައްޗަށް ކުށް ސާބިތެއްނުވި

ފާތިހުގެ މަރު: އިރުފާންގެ މައްޗަށް ކުށް ސާބިތެއްނުވި

މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިހު މުހައްމަދު އަލީ މަރާލި މައްސަލައިގައި، މ.ކުރިރުއްގެ އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އިރުފާންގެ މައްޗަށް ސައުލަތުން ކުރީ، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން ކުޅަ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ މި ދައުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.

ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *