ކެޓް ލަވާސް ނުވަތަ ބުޅާ ގެންގުޅޭ މީހުންގެ އިންޓެލިޖެންސް، ކުއްތާ ގެންގުޅޭ މީހުންނަށްވުރެ މަތި ކަމަށް އެމެރިކާގެ ކެރޯލް ޔުނިވަސިޓީން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
ޔުނިވަސިޓީގެ 418 އަންޑަގްރެޖުއޭޓް ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، ބައިވެރިންގެ އިންޓެލިޖެންސް ވަޒަންކުރުމަށް ހާއްސަ ޓެސްޓްތަކެއް ދީފައިވެއެވެ. މި ޓެސްޓްތަކުގެ ނަތީޖާއިން ދެއްކި ގޮތުގައި ބުޅަލަށް ލޯބިކުރާ މީހުންގެ ގޮތުގައި ފާހަގަކުރި ދަރިވަރުންގެ އިންޓެލިޖެންސް ނަތީޖާ، ކުއްތާއަށް ގެންގުޅުމަށް ލޯބިކުރާ މީހުންނަށްވުރެ މައްޗެވެ.
މީގެ އިތުރުން، މި ދިރާސާއިން ދެ ގުރޫޕުގެ މީހުންގެ މިޒާޖާއި ނަފްސާނީ ސިފަތަކުގެ ބޮޑެތި ތަފާތުތަކެއް ވެސް ވަނީ ފެނިފައެވެ.
މިގޮތުން ބުޅަލަށް ލޯބިކުރާ މީހުންނަކީ އާ ހިޔާލުތަކާއި ތަޖުރިބާތަކަށް މާ ބޮޑަށް ހުޅުވާލެވިފައިވާ، އީޖާދީ ވިސްނުން ހުންނަ ބައެކެވެ.
އަދި ބުޅާ ގެންގުޅޭ މީހުންގެ ކިބައިން އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އެކަނި އުޅުމުގެ ގާބިލުކަން އިތުރުކަން ފާހަގަކުރެވުނެވެ.
އަނެއްކޮޅުން، ކުއްތާއަށް މާބޮޑަށް ލޯބިކުރާ މީހުންގެ ކިބައިން އިޖުތިމާއީ ގުޅުންތަކަށް އިސްކަންދިނުމާއި، އުޅުންތެރި ސިފަތައް މާ ބޮޑަށް ފެނިގެންދިޔައެވެ.
ރިސާޗަރުން ބުނާގޮތުގައި މި ތަފާތުތައް ގުޅިފައިވަނީ އެ ދެ ބާވަތުގެ ގުދުރަތީ މިޒާޖާއެވެ.






