އިމްތިހާނުން ދަރިވަރުންނަށް ކާމިޔާބަށް އެދި ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނަށް ޝާހިދު ހިތްވަރު ދެއްވައިފި

އިމްތިހާނުން ދަރިވަރުންނަށް ކާމިޔާބަށް އެދި ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނަށް ޝާހިދު ހިތްވަރު ދެއްވައިފި

މާދަމާ، 20 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާނަވީ ތަޢުލީމު ނިންމާ މުހިންމު އިމްތިޙާނުތަކުގައި ބައިވެރިވާ އެންމެހާ ދަރިވަރުންނަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހެޔޮއެދުންތަކާއި ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝާހިދު ވަނީ މި އިމްތިހާނުގައި ބައިވެރިވާ ލޮބުވެތި އެންމެހާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގެ މިފަދަ މުހިންމު މަރުޙަލާއެއްގައި ބެލެނިވެރިންނާއި، ސްކޫލުތަކުގެ ވެރިންގެ އިތުރުން މުދައްރިސުން އަދާކުރައްވާ ބުރަ މަސްއޫލިއްޔަތު ފާހަގަކުރައްވައި އެ ފަރާތްތަކަށް ހިތްވަރު ދެއްވާފައިވެއެވެ.

މީގެއިތުރުން، އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ދައްކުވައިދިން ހިތްވަރާއި ކޮށްފައިވާ ބުރަ މަސައްކަތަށް ޝާހިދު ވަނީ ސާބަސް ދެއްވާފައެވެ.

ޝާހިދުގެ މެސެޖު ނިންމަވާލައްވާފައިވަނީ ކުރިޔަށް އޮތް މުހިންމު އިމްތިހާނުތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް މާތްﷲ ބަރަކާތް ލައްވައި، ދަރިވަރުން އެދޭފަދަ މަތިވެރި ކާމިޔާބީއެއް މިންވަރުކުރެއްވުމަށް އެދި ހެޔޮ ދުޢާ ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *