ސިނަމާލެ ބްރިޖް ތަނބަކަށް ތެޔޮ ބޯޓެއް އުރިއްޖެއެވެ.
މި ތެޔޮ ބޯޓު އުރިފައިވަނީ މިރޭ މާލެ ސަރަހައްދަށް ޖެހުނު ގަދަވަޔާއެކު ނަގިލި ކަހާލައިގެންނެވެ. މާލެ ސަރަހައްދުގެ މޫސުން ގޯސްވެ މިރޭ އާދަޔާ ހިލާފް ބާރަށް ވައިޖެހުނުކަން ފާހަގަކޮށްލެވެއެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ބޯޓު ނަގަލި ކަހާލައިގެން އައިސްފައިވަނީ އުތުރުފަރާތުންނެވެ. ބޯޓު އައިސް ލައްވީ ފުރަތަމަ ބްރިޖްގެ ތަނބަކަށެވެ. ބޯޓު ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ.






