އިންޑިއާގެ މެދިޔަ ޕްރަދޭޝްގެ އުޖައިންގައި އަލަށް ހުޅުވި ސޭންޑްވިޗް ފިހާރައެއްގެ ޝަރަަފުވެރި މެހުމާނެއްގެ ގޮތުގައި ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް ބައިވެރިވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އަންނައުނުން ޒީނަތްތެރިކޮށްފައިވާ މި ރޮބޮޓު ވަނީ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް އައި މެހުމާނުންނަށް މަރުހަބާ ކިޔައި، އެމީހުންނާ ސަލާމް ގަލާން ކޮށްފައެވެ.
މި ހަފްލާގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ލަވަތަކަށް ރޮބޮޓު ނެށި މަންޒަރުތަކަށެވެ. މި ތަފާތު އަދި މަޖާ ހަރަކާތްތަކާއެކު، ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައެވެ.
މިއީ ވިޔަފާރި އިސްތިހާރުކުރުމަށާއި ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގި ތަފާތު ހަރަކާތެކެވެ






