އަންހެނެއްގެ ޖަންގިޔަލުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި، އަންހެން މީހާއަށް ކުރި ދައުވާ އަނބުރާ ގެނައީ ފިރިމީހާގެ އިއުތިރާފްގެ މައްޗަށް ޝަރީއަތްކޮށް ހުކުމްކޮށް ނިމުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.
އަންހެނެއްގެ ޖަންގިޔާ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިފައި އެ މަސްތުވާތަކެއްޗާ މީހަކު ހަވާލުވުމުން ޕީޖީން މައްސަލަ ދޫކޮށްލާފައިވާ ކަމަށް ފެތުުރޭ ހަބަރުތަކާ ގުޅިގެން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި ދައުވާކުރީ ދެމަފިރިންގެ މައްޗަށް ކަމަށެވެ.
އެ މައްސަލައިގައި ފިރިމީހާ ބުނަނީ ފުލުހުން ހުއްޓުވި ވަގުތު އަނބި މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށެވެ. އަދި އަނބި މީހާވެސް ބުނަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިން ކަމަށެވެ. ނަމަވެސް އޭގައި ޑްރަގްސް ހުރިކަން ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ފިރިމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް، ކަަމަށާއި، އަނބި މީހާގެ އިތުރު ރެކޯޑެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
"އަނބި މީހާގެ ދައުވާ އަނބުރާ ގެނައީ ފިރިމީހާ ޝަރީއަތުގައި އިއުތިރާފުވެ، ހުކުމްކޮށް ނިމުނީމަ، އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީއައެއް ނުވާނެ. އެކަމަކު އެކި މައްސަލަތަކުގެ ހާދިސާ ހިނގާ ގޮތުން ހާލަތު ތަފާތުވޭ،" ޕީޖީން ބުނެފައިވެއެވެ.






