1968 ވަނަ އަހަރު، ޗައިނާގެ ޗަންގްޝާ ސަރަޙައްދުގައި މަސައްކަތްތެރިންތަކެއް ވައިގެ ހަމަލާތަކުން ރައްކާތެރިވާނެ ބަންކަރެއް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ބިމުއަޑީގައިވާ ވަރަށް ބޮޑު މަޤްބަރާއެއް ފެނުނެވެ. މި މަޤްބަރާގެ އެތެރެއިން ފެނުނީ އީސާގެފާނުގެ ކުރިން 168 ވަނަ އަހަރު މަރުވެފައިވާ، "ޝިން ޖުއީ" ނަމަކަށް ކިޔާ މަތީ ފަންތީގެ އަންހެނެއްގެ ހަށިގަނޑެވެ. މި ހަށިގަނޑު އޮތީ ހައިރާންވާހާ ފުރިހަމައަށެވެ.
މަރުވިތާ ދެހާހެއްހާ އަހަރު ފާއިތުވެފައި ވީނަމަވެސް، ޝިން ޖުއީގެ ހަށިގަނޑުގެ ހަންގަނޑު އޮތީ ތެތްކޮށް އަދި ރީތިކޮށެވެ. އަދި އަތްފައި ލަނބާލެވޭއިރު، ލޭނާރުތަކާއި އެތެރެހަށީގެ ގުނަވަންތައް ހުރީ ދާދި ފަހުން މަރުވެފައިވާ މީހެއްގެ ހަށިގަނޑެކޭ އެއްފަދައިން ހަލާކުނުވެއެވެ.
މިކަމުގެ ސިއްރަކީ އޭނާ ލާފައި އޮތް ވަޔާއި ފެން ނުވަންނަ ގޮތަށް ބަންދު ކޮށްފައިވާ ސަންދޯކެވެ. އަދި އެ ސަންދޯކުގެ ތެރޭގައި ހުރި، މިހާތަނަށްވެސް ދެނެގަނެވިފައިނުވާ އެސިޑް އެކުލެވޭ ދިޔައެއްގެ ސަބަބުން 2،000 އަށްވުރެ ގިނަ އަހަރު ވަންދެން ހަށިގަނޑު ކުނިވިޔަ ނުދީ ހިފެހެއްޓީއެވެ.
އޭނާ ވަޅުލާފައިވަނީ 1،400 އަށްވުރެ ގިނަ ތަކެއްޗާއެކުގައެވެ. އޭގެ ތެރޭގައި ފަށުވި ހެދުންތަކާއި، އަގުބޮޑު ކަންވާރުތަކުގެ އިތުރުން މުހިންމު ލިޔުންތައް ހިމެނެއެވެ.
މިއަދު ޝިން ޖުއީގެ ހަށިގަނޑު ބެލެވެނީ ދުނިޔޭގެ ތާރީޚުގައިވެސް ފެނުނު އެންމެ ފުރިހަމައަށް ރައްކާތެރި ކުރެވިފައިވާ ގަދީމީ އިންސާނާގެ ހަށިގަނޑުގެ ގޮތުގައެވެ.






