ހައްދު ފަހަނައައަޅާ ދިޔަ ދެމީހަކު ހޯދަނީ

ހައްދު ފަހަނައައަޅާ ދިޔަ ދެމީހަކު ހޯދަނީ

ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކަށް ހާޒިރު ކުރަން ބޭނުންވާ ދެ މީހުން ނުފެނިގެން ހާޒިރުވާން އަންގައި އޭނާގެ ވަނަވަރު އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުން ކުރަމުންދާ ތަހުގީގަކަށް ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭގުމުގެ ސަަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލު ނުކުރެވިގެން ހޯދަމުން ދަނީ ށ. ކޮމަންޑޫ ހިޔަލީގެ އިބްރާހިމް އަޒުހަދު (36އ) އާއި ގއ. ކަނޑުހުޅުދޫ ނިއުޒިލް ޝިހާނު އަހްމަދު (27އ) ކަމަށެވެ.

އެ ދެމީހުން ހޯދަނީ ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް (ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ އަމަލުތައް ހުއްޓުވުމާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ) ޑިޕާޓްމަންޓުންނެވެ.

އެހެންކަމުން އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަމުންދާ ތަހުގީގު ކުރަމުންދާ މައްސަލައިގެ ތުހުމަތުގައި ސުވާކު ކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ 3:00 އަށް އަޒުހަދު އަދި، ނުވަވަނަ ދުވަހުގެ 9:00 އަށް ޝިހާނު، ސާޖަންޓު އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *