ގިނަ ދުވަހު ހިފަހައްޓާ އާ ވައްތަރެއްގެ ފެން ބެޓެރިއެއް ޗައިނާއިން އުފައްދައިފި

ގިނަ ދުވަހު ހިފަހައްޓާ އާ ވައްތަރެއްގެ ފެން ބެޓެރިއެއް ޗައިނާއިން އުފައްދައިފި

ވޭތުވެދިޔަ ވިހި ވަރަކަށް އަހަރު ދުނިޔޭގެ ހަކަތަ ރައްކާކުރުމުގެ ސިނާއަތް ކޮންޓްރޯލް ކުރަމުންައީ ލިތިއަމް-އަޔަން ބެޓެރީތަކެވެ. ނަމަވެސް، މި ބެޓެރީތަކުގައި ބޮޑެތި ބަލިކަށިކަންތައްތަކެއް ހުރެއެވެ. އޭގެ ހަކަތަ ރައްކާކުރުމުގެ ގާބިލްކަން ނުވަތަ އެނާޖީ ޑެންސިޓީ އުޅެނީ ގާތްގަނޑަކަށް 700 Wh/L ގައެވެ. އަދި ސަތޭކަވަރަކަށް ފަހަރު ޗާޖުކޮށް ހުސްވުމުން ބެޓެރީގެ ބާރު ދެރަވާން ފަށައެވެ. އެންމެ ނުރައްކާތެރި ކަމަކީ، މި ބެޓެރީއަކަށް ގެއްލުމެއް ލިބިއްޖެނަމަ، އާދައިގެ އަލިފާން ނިއްވާ ފުޅިއަކުން ނިއްވައިނުލެވޭ ފަދަ ނުރައްކާތެރި ހޫނުގަދަ އަލިފާނުގެ ހާދިސާތައް މެދުވެރިވުމެވެ.

ނަމަވެސް، މި ހުރިހާ މައްސަލަތަކަކަށް އެއްފަހަރާ ހައްލެއް ހޯދައިދީ، ޗައިނާގެ ދިރާސާވެރިން މިވަނީ ފެނަށް ބިނާކޮށްފައިވާ އާ ބެޓެރީއެއް އުފައްދާފައެވެ.

މި އާ ބެޓެރީގެ އެނާޖީ ޑެންސިޓީއަކީ 1,200 Wh/L އެވެ. މިއީ އާދައިގެ ލިތިއަމް ބެޓެރީއަކަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު މިންވަރެކެވެ. މީގެއިތުރުން، މި ބެޓެރީ 120,000 ފަހަރު ޗާޖުކޮށް ހުސްކުރިޔަސް ހަލާކެއް ނުވެއެވެ. މާނަައަކީ ކޮންމެ ދުވަހަކު ބޭނުންކުރިޔަސް، ބެޓެރީ ބަދަލުނުކޮށް އެތައް އަހަރަކަށް ހިފަހައްޓާނެއެވެ.

އެންމެ މުހިންމު ކަމަކީ މި ބެޓެރީގެ ރައްކާތެރިކަމެވެ. މީގައި ބޭނުންކޮށްފައިވާ އެކުއަސް އިލެކްޓްރޮލައިޓް (ފެނުގެ މާއްދާ އެކުލެވޭ ދިޔާ އެއްޗެއް) ކެމިސްޓްރީގައި އަލިފާން ހިފާ ފަދަ އެއްވެސް މާއްދާއެއް ނުހިމެނެއެވެ. އެހެންކަމުން، ލިތިއަމް ބެޓެރީތަކަށް ޕްރެޝަރެއް ނުވަތަ ގެއްލުމެއް ލިބުމުން އަލިފާން ރޯވާ ގޮތަށް މި ބެޓެރީއެއްގައި އަލިފާނުގެ އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ.

އާންމުކޮށް ބެޓެރީގެ ޓެކްނޮލޮޖީ ކުރިއަރަނީ ވަރަށް ލަހުން، އެއްބައި ރަނގަޅުވާއިރު އަނެއްބައި ދެރަވާ ގޮތަށެވެ. ނަމަވެސް، ބެޓެރީގެ ގާބިލްކަން ދެގުނަޮށް، އުމުރުދުވަހަށް ބޭނުންކުރެވޭ، އަދި ކާރުތަކާއި، މަތިންދާބޯޓުތަކާއި، ގުދަންތަކުގައި ރޯވާ ރޯވުން ދާއިމީކޮށް ހުއްޓުވައިދޭނެ މިފަދަ ކެމިސްޓްރީއެއް ފެނުމަކީ މި ދާއިރާއަށް އައި ބޮޑު އިންގިލާބެކެވެ. ވޭތުވެދިޔަ 20 އަހަރު އަލިފާނުގެ ބިރުވެރިކަން ދެއްކި ލިތިއަމް ބެޓެރީގެ ޒަމާން މި ފެން ބެޓެރީގެ ސަބަބުން ނިމުމަކަށް އައުން ގާތެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *