އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ މަޤާމުން އިސްތިއުފާ ދެއްވައިފި

އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ މަޤާމުން އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީގެ ތެރެއިން ކުރިމަތިވި ބޮޑު ޕްރެޝަރަކާ ގުޅިގެން މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރުގެ ރަސްމީގެކޮޅު، ޑައުނިންގ ސްޓްރީޓުގައި ހުންނަވައި މިއަދު ހެނދުނު ދެއްވި ޚިޠާބެއްގައި ސްޓާމަރ ވިދާޅުވީ، ލޭބަރ ޕާޓީގެ ލީޑަރުގެ މަޤާމުންނާއި ބޮޑުވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، އެކަން މިހާރު ރަސްގެފާނަށް އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ އަޅުގަނޑު ލޯބިވާ ގައުމު އިސްކުރުމަށް ނިންމާފައިވާ ނިންމުމެއް. އެހެންވެ އަޅުގަނޑު ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދޭނީ، އަޅުގަނޑުގެ ނިންމުން އެމަނިކުފާނަށް އަންގަން މިއަދު ހެނދުނު ރަސްގެފާނާ ވާހަކަ ދައްކައިފިން،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ސްޓާމަރ ވިދާޅުވިއެވެ.

ސްޓާމަރ މަގާމުން ވަކިވެވަޑައި މިގަންނަވަނީ 2024 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ލޭބަރ ޕާޓީއަށް ހޯދައިދެއްވި ބޮޑު ކާމިޔާބީއަށްފަހު ދެ އަހަރު ފާއިތުވެފައި ވަނިކޮށެވެ. މި ނިންމެވުން އައިސްފައިވަނީ ނޯތު ވެސްޓް އިނގިރޭސިވިލާތުގެ މެކަރފީލްޑް ބައި-އިލެކްޝަންގައި ސްޓާމަރގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ އެންޑީ ބާންހަމް ބޮޑު އަޣުލަބިއްޔަތަކުން ގޮނޑި ކާމިޔާބު ކުރައްވައި، އަލުން މަޖިލީހަށް ވަޑައިގަތުމާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދުނު ބޮޑު ނުތަނަވަސްކަމުގެ ތެރޭގައެވެ.

މިދިޔަ ހަފްތާ ބަންދުގައި ޗެކަރސްގައި އާއިލާއާއެކު ސިޔާސީ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ސްޓާމަރ އިސްތިއުފާ ދެއްވިއިރު، އެޑިއުކޭޝަން މިނިސްޓަރު ބެރޮނެސް ޖެކީ ސްމިތު ވިދާޅުވީ ބާންހަމްގެ ވެރިކަމެއްގައި ޚިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ޕާޓީން ލޭބަރ ސަރުކާރުތަކަށް އަޅާލާ ގޮތާ މެދު އިތުރަށް ސަމާލުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *