ޔާނުންގް ޖާމޯ ލެގޯ: އިންޑިޔާގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި އަރާހުރި މާހިރެއް

ޔާނުންގް ޖާމޯ ލެގޯ: އިންޑިޔާގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި އަރާހުރި މާހިރެއް

ޔާނުންގް ޖާމޯ ލެގޯ އަކީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝް އަށް އުފަން، ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނަމޫނާ އަންހެނެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ގަދީމީ ސަގާފީ ބޭސްވެރިކަން ދިރުވައި، އޭގެ ޒަރީއާއިން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވާތީ އެވެ.
އޭނާ އުފަންވީ 9 ޖުލައި 1963 ސިކާ ޓޯޑޭ އަވަށް، އީސްޓް ސިއަންގް ޑިސްޓްރިކްޓް، އަރުނާޗަލް ޕްރަދޭޝް، އިންޑިއާ ގައެވެ.
އޭނާގެ ބައްޕައަކީވެސް އެ ސަރަހައްދުގައި މަޝްހޫރު ސަގާފީ ބޭސްވެރިއެކެވެ. އޭނާގެ ބޭސްވެރިކަމުގެ ޝައުގުވެރިކަން އުފެދުނީ ބައްޕަގެ ފަރާތުންނެވެ.

ޔާނުންގް އަކީ ހަމައެކަނި އާދައިގެ ބޭސްވެރިއެއް ނޫނެވެ. އޭނާއަކީ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެސާމް އެގްރިކަލްޗަރަލް ޔުނިވަރސިޓީން އެގްރިކަލްޗާ (ދަނޑުވެރިކަން) ގެ ދާއިރާއިން ބީއެސްސީ އަދި އެމްއެސްސީ ހާސިލްކުރެއްވި އެވެ.

1988 އިން 2023 އަށް އަރުނާޗަލް ޕްރަދޭޝްގެ އެގްރިކަލްޗާ ޑިޕާޓްމަންޓްގެ އެގްރިކަލްޗާ އިންސްޕެކްޓަރެއްގެ ގޮތުގައި ސަރުކާރަށް އޭނާ ޚިދުމަތް ކުރެއްވި އެވެ. ޔާނުންގް ލެގޯ ބޮޑަށް މަޝްހޫރު ވެފައިވަނީ "ގަބީލާގެ ފަތްޕިލާވެލީގެ ރާނީ" ގެ ނަމުންނެވެ.

ވޭތުވެދިޔަ 30 އަކަށް އަހަރު ތެރޭގައި އޭނާ ވަނީ 300،000 އަށްވުރެ ގިނަ ބަލިމީހުންނަށް ފަތްޕިލާވެލީގެ ޒަރީއާއިން ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ކެންސަރު، ހަކުރުބަލި، ލޭމައްޗަށްދިއުން، ފުރަމޭގެ ބަލިތައް އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ހިމެނެއެވެ. ޒަމާނީ ބޭސްވެރިކަމުން އުންމީދު ކަނޑާލާފައިވާ 10،000 އަށްވުރެ ގިނަ މީހުން އޭނާގެ ފަރުވާއިން ރަނގަޅުވެފައިވެއެވެ. އޭނާގެ ބައްޕަގެ ކިބައިން 15 އަހަރު ވަންދެން އުގެނުނު ޤަދީމީ ބޭސްވެރިކަން، 1995 ވަނަ އަހަރު އަމިއްލަ ކްލިނިކެއް ހުޅުވައިގެން އާންމުންނަށް ފޯރުކޮށްދޭން ފެށިއެވެ.

2009 ވަނަ އަހަރު އޭނާ "Indigenous Herbal Heritage" ގެ ނަމުގައި ޖަމްއިއްޔާއެއް ހަދައި، ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި ހެއްދުމަށް ހިތްވަރުދިނެވެ. މިހާތަނަށް 100،000 އަށްވުރެ ގިނަ މީހުންނަށް މިކަމުގެ ހޭލުންތެރިކަން ދީ، އަހަރަކު 5،000 އަށްވުރެ ގިނަ ބޭސްގަސް އިންދަމުންދެއެވެ.

ޔާނުންގް ލެގޯގެ އިންސާނިއްޔަތަށް ހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރާއި އެކި ޖަމްއިއްޔާތަކުން ވަނީ މަތީ ޝަރަފުތައް އަރުވާފައެވެ. ޕަދްމާ ޝްރީ އެވޯޑް އަކީ އިންޑިއާގެ ރައްޔިތަކަށްދެވޭ 4 ވަނައަށް އެންމެ މަތީ މަދަނީ ޝަރަފެވެ. މި އެވޯޑް އޭނާއަށް އެރުވީ އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫ އެވެ. 2019 ވަނަ އަރުނާޗަލް ޕްރަދޭޝް ސްޓޭޓް އެވޯޑް ސްޓޭޓް ފެންވަރުގައި އޭނާއަށް ދެވުނެވެ. ޕަރަމްޕަރިކާ ވައިދްޔާ ރަތުނާ އެވޯޑް (2013)އެސްއާރްއައިއެސްޓީއައި (SRISTI) ސައްމާން އެވޯޑް (2007)

ޔާނުންގް ލެގޯ އަކީ ގުދުރަތީ ވަސީލަތްތަކާއި ސަގާފީ މައުލޫމާތު ބޭނުން ކޮށްގެން އިންސާނިއްޔަތަށް ބޮޑެތި ލުއިތަކެއް ހޯދައިދެވިދާނެކަން ސާބިތުކޮށްދިން، މުޅި ދުނިޔެއަށްވެސް ނަމޫނާ އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *