ވަޒީރުންގެ މުސާރަ 58،500 އިން 75،500 އަަށް ބޮޑުކޮށްފި

ވަޒީރުންގެ މުސާރަ 58،500 އިން 75،500 އަަށް ބޮޑުކޮށްފި

ވަޒީރުންގެ މުސާރަ 58،500 އިން 75،500 އަަށް ބޮޑުކޮށްފ

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސަރަ ވަޒީރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

މި އޮތަށް އެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ، ވެސް ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ވަޒީރުންގެ މުސާރައަށް އައި ބަދަލު އެ ކޮމިޓީގެ އިދާރީ މޭޒުން ތަފްސީލް ކޮށްދެމުން ބުނެފައިވަނީ، އެއީ 2024 ވަނަ އަހަރު މުސާރައިގެ އޮނިގަޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް އައި ބަދަލާގުޅިގެން ވަޒީރުންގެ މަޖިލީހުގެމެންބަރުންނަށް ލިބޭ މުސާރައަށްވުރެ ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ ބޮޑުކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ.

އެގޮތުން މިނިވަން މުއައްސަސާތަކަށް 74،000 ރުފިޔާ އާއި 59،000 ރުފިޔާ ލިބޭއިރު، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ އެހެން ފަނޑިޔާރުންނަށް 89،000 ކޯޓު ތަކުގެ އިސް ފަނޑިޔާރުންނަށް 76،000 ރުފިޔާ އެހެން ފަނޑީޔާރުންނަށް މުސާރައިގެ ގޮތުގައި 68،000 ލިބޭ ކަމަށްވެސް ބުންޏެވެ. ހަމަ އެގޮތަށް އިސްގާޒީންނަށް 62،000 ރުފިޔާ ގާޒީންނަށް 60،000 ލިބޭއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ 58،500 ރުފިޔާގެ މުސާރަ ކުޑަކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަޒީޒުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަކުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެބޭފުޅުންނަށް ލިބިވަޑަިއގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސް ގެންނެވެ.

އެގޮތުން އެ ޕެކޭޖުގައި ޕެތްރޯލް އެލަވަންސްގެ ގޮތުގައި ހިމެނޭ، 1000 ރުފިޔާ 2000 ރފުިޔާގެ އެލަވަންސަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރައިގެ ގޮތުގައި ހިމެނޭ 6500 ރުފިޔާ 12،000 ރފުިޔާއަށް ބޮޑު ކުރަން ހުށަހެޅިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާގެ އިތުރު އެލަވަންސްއެއް ހިމަނައި އެ ޕެކޭޓް، 7500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅިއެވެ.

މި ހުށަހެޅުންތަކަށް ދެކޮޅު ހެއްދެވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންނެވި، އެމްޑީޕީގެ ހަމަ އެކަނި މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.

އޭނާ ވިދާޅާވި މމި ދަނޑިވަޅުގައި މުސާރަތަަކަށް މިފަދަ ބަދަލެއް ގެނައުމަކީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށާއި، މިހާރު ކުރިމަގު ދައްކާ ގޮތުން މީ ކުރަން ރަނގަޅު ކަމެއްނޫން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ބައެއް ރަށްރަށަކީ ގްރާންޓްގެ ގޮތުގައި ހަ މިލިޔަން، ހަތް މިލިޔަން ލިގޭ ރަށްރަށް ކަމަށާއި، ކައުސިލަރުންގެ މުސާރައަށް ތިން ހަތަރު މިލިޔަން އެރީމަ ދެން އެތާތިބޭ މުވައްޒިފުންނަށް މުސާރަދީ އިތުރަށް ކަމެއް ކުރާނެ ފައިސާއެއް ނުހުންނަ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އެހެން ކަމުން މި ދަނޑިވަޅުގައި އެއްވެސް ތަނެއްގެ މުސާރައާ ކުޅެން ތާއީދު ނުކުރައްވާކަމަށް ގަފޫރު ވިދާޅުވިއެވެ.

ނަަމެވެސް މެންބަރު މަމްދޫހު ހުށަހަޅުއްވައި، ހަަމަދު ތާއީދު ކުރައްވައިގެން ޕީއެންސީ މެޖޯރިޓީން މި މި ބަދަލުގެންނަން ކޮމިޓީން ފާސްކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *