ލޭ ހަދިޔާ ކުރުން ފަދަ ކުޑަ އަމަލަކުންވެސް ދިރިއުޅުން ބަދަލު ކޮށްލެވޭ: ސާޖިދާ

ލޭ ހަދިޔާ ކުރުން ފަދަ ކުޑަ އަމަލަކުންވެސް ދިރިއުޅުން ބަދަލު ކޮށްލެވޭ: ސާޖިދާ

ލޭ ހަދިޔާ ކުރުން ފަދަ ކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ، ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. އެ ކުޑަ ކަމެއްގެ ސަބަބުން ލޭ ބޭނުންވާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ދަތި ވަގުތުތަކުގައި އުއްމީދު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.

ކްރިޓިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނަށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އެ އަމަލަކީ ބިރުވެރިކަމާއި އުއްމީދާ ދެމެދުގެ ތަފާތު ކަމަށް ސާޖިދާ ވިދާޅުވިއެވެ. ލޭ ހަދިޔާ ކުރުމުގެ ކޮންމެ ހަރަކާތެއްގެ ފަހަތުގައި ވެސް އިންސާނިއްޔަތު ކަމާއި އޯގާތެރިކަމުގެ ވާހަކައެއްވާ ކަމަށް ވިދާޅުވިއެވެ.

ގަވާއިދުން ލޭ ހަދިޔާ ކުރުމަށާއި، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަށް ބާރު އަޅައި ހޭލުންތެރިކަން އިތުރު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ޖޫން 14 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *