ފިރިހެނުންނަށް ވަގުތީ ގޮތުން ދަރިން ނުލިބޭ ގޮތް ހެދުން ނުވަތަ ކޮންޓްރޯލް ކުރުމަށްޓަކައި، ކޮންޓްރަލައިން ކުންފުނިން އުފައްދާފައިވާ "އެޑަމް" އަކީ ހޯރމޯނުގެ އެއްވެސް ބޭނުމެއް ނެތި، ވަރަށް ފަސޭހައިން ބޭނުން ކުރެވޭނެ އުފެއްދުމެކެވެ.
މިއީ ފިރިހެނާގެ ދަރިފަނި ދަތުރުކުރާ ހޮޅިއަށް ޚާއްސަ ހައިޑްރޯޖެލްއެއް އިންޖެކްޝަން މެދުވެރިކޮށް ފޮނުވާލުމުން، ދަރިފަނި ދަތުރު ކުރުން ހުއްޓުވާ އުކުޅެކެވެ. މިއީ ދާއިމީކޮށް ނޫން، އަދި ފަހުން އަލުން އުފެއްދުންތެރިކަން ރުޖޫޢަ ކުރެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ އެއްޗެކެވެ.
ކޮންޓްރާލައިން ކުންފުނިން އަންނަނީ މިކަމުގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދައްކާ ގޮތުގައި މިއީ ރައްކާތެރި، އަދި ބޮޑެތި ސައިޑް އިފެކްޓްތަކެއް ނެތް އުކުޅެކެވެ. ނަމަވެސް، މިއީ އަދިވެސް "އިންވެސްޓިގޭޝަނަލް" ނުވަތަ ދިރާސާ ކުރަމުން އަންނަ މަރުހަލާގައިވާ އެއްޗެއް ކަމުން، ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާ ތަކުން (އެފްޑީއޭ ފަދަ) އަދި ވިޔަފާރީގެ ގޮތުން ބޭނުން ކުރަން ފުރިހަމަ ހުއްދަ ދީފައެއް ނުވެއެވެ.
މި ޓްރަޔަލްތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައި ވަނީ އޮސްޓްރޭލިއާގައެވެ. 25 ބައިވެރިންނާއެކު ކުރެވުނު ދިރާސާގައި، ދަރިފަނި ނެތް މިންވަރަށް 24 މަސް ދުވަހާ ހަމައަށް ހިފެހެއްޓިފައި ވެއެވެ.
މިއަދާ ހަމައަށް ދަރިމައިވުމުގެ ކަންކަން ކޮންޓްރޯލް ކުރުމުގެ ބުރަ އުފުލަން ޖެހިފައިވަނީ ގިނައިން އަންހެނުންނަށެވެ. ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މިކަމަށް ބޮޑު ބަދަލެއް އަންނަނީ އެވެ. "ކޮންޓްރަލައިން" ކުންފުނިން އުފައްދާފައިވާ "އެޑަމް" އަކީ ހޯރމޯނުގެ އަސަރެއް ނެތި، ފިރިހެނުންނަށް ބޭނުން ކުރެވޭނެ ހައިޑްރޯޖެލް އިންޖެކްޝަނެކެވެ.
މި އުކުޅަކީ 10 މިނެޓަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ފުރިހަމަ ކުރެވޭ ކުޑަ އޮޕަރޭޝަނެކެވެ. އޮސްޓްރޭލިއާގައި ކުރެވުނު ކްލިނިކަލް ޓްރަޔަލްތަކުން ދައްކާ ގޮތުގައި، މި އިންޖެކްޝަން ޖެހުމުން ދަރިފަނި ދަތުރުކުރާ ހޮޅި ބަންދުވެ، 24 މަސް ދުވަހުގެ މުއްދަތަކަށް ދަރިފަނި އުފެއްދުން ހުއްޓުވައެވެ. މި މުއްދަތުގައި ބައިވެރިންގެ ފަރާތުން ސިއްޙީ އެއްވެސް ބޮޑު މައްސަލައެއް ފެނިފައި ނުވެއެވެ.
މިއީ ކޮންމެހެން، ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ކަމެއް ނޫނެވެ. އަދި ބޭނުން ވެއްޖެ ހިނދެއްގައި އަލުން ދަރިފަނި ދައުރުވާ ގޮތަށް ހެދުމުގެ ފުރުސަތު އޮތުމަކީ މި އުކުޅުގެ އެންމެ ބޮޑު އެއް ފައިދާއެވެ. ކޮންމެއަކަސް، ޢިލްމީ ގޮތުން މިކަން ސާބިތު ވަމުން އަންނައިރު، މިއީ މުސްތަޤްބަލުގައި ދެމަފިރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ





