ދުނިޔޭގެ ތާރީޚް: ދުނިޔޭގެ ތާރީޚުގައި އެންމެ ފާހަގަ ކޮށްލެވޭ ތިން ރަސްކަން

ދުނިޔޭގެ ތާރީޚް: ދުނިޔޭގެ ތާރީޚުގައި އެންމެ ފާހަގަ ކޮށްލެވޭ ތިން ރަސްކަން

ދުނިޔޭގައި ފާހާގަ ކޮށްލެވުނު ތިން ރަސްކަމަކީ މާޔާ، އެޒްޓެކް، އަދި އިންކާ ރަސްކަމެވެ. މި ތިން ރަސްކަމަކީވެސް ޔޫރަޕްގެ މީހުން އެމެރިކާ ބައްރަށް ދިއުމުގެ ކުރިން އެ ބައްރުގައި އުފެދި، އިންތިހާއަށް ކުރިއަރާފައިވާ ތަހުޒީބުތަކެވެ.

1. މާޔާ

މީލާދީން ގާތްގަނޑަކަށް 2000 އަހަރު ކުރިން ފެށިގެން 1697 ވަނަ އަހަރާ ހަމައަށް މި ތަހުޒީބު ދެމިއޮތެވެ.
މިހާރު މީ މެކްސިކޯގެ ދެކުނު ސަރަޙައްދުތަކާއި، ގުއަޓަމާލާ، ބެލީޒް، އަދި ހޮންޑިއުރަސް އާއި އެލް ސަލްވަޑޯގެ ބައެއް ސަރަޙައްދުތަކެވެ.

މި މީހުންނަކީ އެސްޓްރޮނޮމީ (ތަރިތަކުގެ ޢިލްމު)، ހިސާބު ޢިލްމު (ޒީރޯގެ ބޭނުން ކުރުން)، އަދި ވަރަށް ތަރައްޤީ ވެފައިވާ ލިޔުމުގެ ނިޒާމެއްގެ އިތުރުން ޕިރަމިޑްތައް ބިނާކުރުމުގައި މަޝްހޫރުވި ބައެކެވެ. "މާޔާ" މި ނަން އައިސްފައިވަނީ ޔޫކަޓަން ޕެނިންސިއުލާގައި އުޅުނު މީހުންގެ ސަޤާފަތާއި ބަހުންނެވެ.

2. އެޒްޓެކް
1300 އިން 1521 ވަނަ އަހަރާ ހަމައަށް މެކްސިކޯގައި ވެރިކަން ކުރިއެވެ.
މިހާރު މީ މެކްސިކޯ ސިޓީ އޮތް ސަރަޙައްދެވެ. އެމީހުންގެ ވެރިރަށް "ޓެނޮޗްޓިޓްލަން" ބިނާކުރީ ކޯރެއްގެ މެދުގައި އޮތް ރަށެއްގައެވެ. އަސްކަރީ ގޮތުން ވަރުގަދަ ބައެކެވެ.އެޒްޓެކް މީހުން އަމިއްލައަށް ކިޔައިއުޅުނީ "މެކްސިކާ" އެވެ. "އެޒްޓެކް" މި ނަން އައިސްފައިވަނީ އެމީހުންގެ ކާބަފައިން އައިކަމަށް ބުނާ "އަޒްޓްލާން" ކިޔާ ހިސާބަކުންނެވެ.

3. އިންކާ

1438 އިން 1533 ވަނަ އަހަރާ ހަމައަށް ދެކުނު އެމެރިކާގައި އެންމެ ބޮޑު ރަސްކަން ހިންގިއެވެ. މިހާރު މީ ޕެރޫ، އިކުއެޑޯ، ބޮލީވިއާ، އަދި ޗިލީގެ ބައެކެވެ. ފަރުބަދަތަކުގެ މަތީގައި ވަރަށް އުނދަގޫ ގޮތްގޮތަށް ގެދޮރު ބިނާކުރުމާއި، އެތައް ހާސް ކިލޯމީޓަރަކަށް ދެމިގެންދާ މަގުތަކެއް މި މީހުން ހެދިއެވެ. އަދި "ކުއިޕޫ" ކިޔާ ނަރުތަކެއްގައި ގޮށްޖަހައިގެން ހިސާބު ބެލެހެއްޓުމުގެ ކަންކަން ކުރިއެވެ.

"އިންކާ" އަކީ އެމީހުންގެ ރަސްގެފާނަށް ކިޔާ ނަމެކެވެ. ފަހުން ޔޫރަޕްގެ މީހުން މުޅި އެމަދު ރަސްކަމަށް އެ ނަން ބޭނުން ކުރަން ފެށީއެވެ. އެމީހުންގެ ރަސްކަމަށް އެމީހުން ކިޔަނީ "ޓަވަންޓިންސުޔޫ" އެވެ.

މިއަދު މި ސަރަޙައްދުތަކަކީ މިނިވަން ޤައުމު ތަކެކެވެ. މި ތަހުޒީބުތައް ވެއްޓި، ޔޫރަޕްގެ މީހުން (ޚާއްޞަކޮށް ސްޕެއިން) އެ ސަރަޙައްދުތައް ހިފުމާއެކު، އެމީހުންގެ ސަޤާފަތާއި ބަސްތައް ވަނީ ބަދަލުވެފައެވެ. ނަމަވެސް، މިއަދުވެސް މި ސަރަޙައްދު ތަކުގައި އެމީހުންގެ ނަސްލުގެ އެތައް މިލިއަން ބަޔަކު ދިރިއުޅެމުން އެބަދެއެވެ. އެމީހުންގެ އާސާރީ ބިނާތައް ކަމަށްވާ "މާޗޫ ޕިކްޗޫ" އާއި "ޗިޗެން އިޓްޒާ" ފަދަ ތަންތަނަކީ މިއަދު ދުނިޔޭގެ އެންމެ މަޝްހޫރު ފަތުރުވެރި މަންޒިލުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *