ސަފީރު ކަމުގެ ފަތްކޮޅު އެރުވިއިރު މަހްލޫފް ގުދުވީ މާބޮޑަށް، އެއީ ކޮށްގެންވާނެ ކަމެއްނޫން: ޝައިޚް ޒައިދު

ސަފީރު ކަމުގެ ފަތްކޮޅު އެރުވިއިރު މަހްލޫފް ގުދުވީ މާބޮޑަށް، އެއީ ކޮށްގެންވާނެ ކަމެއްނޫން: ޝައިޚް ޒައިދު

ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު، ޖަޕާނުގެ އެމްޕަރަރަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ގުދުވެ ހުރި ފޮޓޯ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަށް، ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފިއެވެ.

ޒައިދު ވިދާޅުވީ، މަހުލޫފު ގުދުވެ ހުރި މިންވަރަކީ ހަމައެކަނި އިހްތިރާމް ކުރުމަށްވެސް މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޒައިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ކާފިރުން ކުރާ ހުރިހާ ކަމެއް ކޮޕީ ކުރުމަކީ ނޭނގި ތިބެ ދީނާ ދުރު ކަންތައްތައް ކުރުމަށް މަގުފަހިވާ ކަމެއް" ކަމަށެވެ. ދިވެހިންނަށް ސަމާލުވުމަށް ވެސް ޒައިދު ގޮވައިލެއްވިއެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި، މަހުލޫފު ގުދުވެ ހުރީ ގާތްގަނޑަކަށް 45 ޑިގްރީ އަށެވެ. ޖަޕާނުގެ ސަގާފީ އާދަކާދައިގައި ގުދުވުން ތަފާތު މިންތަކަށް ބެހިފައިވާ އިރު، 45 ޑިގްރީ ގެ ގުދުވުމަކީ އިހްތިރާމްގެ އެންމެ މަތީ ދަރަޖަ ދެއްކުމަށް ކުރެވޭ ގުދުވުމެވެ. ސަފީރު ކަމުގެ ފަތްކޮޅު ހަވާލު ކުރާ ރަސްމިއްޔާތަކީ ބައިނަލްއަޤްވާމީ ޑިޕްލޮމެޓިކް ދުނިޔޭގައި ހަރުދަނާ ޕްރޮޓޮކޯލްތަކެއް ގެންގުޅޭ ރަސްމި ހަފްލާއެއް ކަމާ ގުޅިގެން، ޒައިދުގެ ފާޑުވިދާޅުވުމަށް ސޯޝަލް މީޑިއާގައި ދެ ފަރާތުން ވެސް ހިޔާލު ފާޅު ކުރަމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *