އެއްޖިންސުން ގުޅުން ހިންގުމާއި ބަރަހަނާ މަންޒަރުތައް ފޯނުން ފެނިގެން 18،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އެއްޖިންސުން ގުޅުން ހިންގުމާއި ބަރަހަނާ މަންޒަރުތައް ފޯނުން ފެނިގެން 18،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމާއި ބަރަހަނާ މަންޒަރުތަކެއް، ފޯނުން ފެނިގެން މީހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައިވަނީ ޏ. ފުވައްމުލައް ދޫޑިގަން އަލީ އަހްމަދުގެ މައްޗަށެވެ.

ދިވެހި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ، އަލީ އަހްމަދުގެ މައްޗަށް ދައުލަތުން ކުރީ، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާއަށް ޖިންސީގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަަލައަކާ ގުޅިގެން ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައޓައި، ތަހުލީލު ކުރިއިރު އެ ފޯނުން  ފިރިގެނުން އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގިނަ އަދަދަކަށް ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އޭނާ ބުނެފައިވަނީ، އެއީ ޑައުންލޯޑް ކުރެވިފައިވާ އެއްޗެހި ތަަކެއް ކަމަށާއި، އެއީ އެހެން މީހުން ފޮނުވައިގެން ފޯނަށް އައިސްފައި ހުރި އެއްޗެހި ކަމުން، އޭނާ ޒިންމާވާން ނުޖެގޭނެ ކަމަށެވެ.

ނަމަވެސް އެކަމާބެހޭ ހުރިހާ ހެތްކެއް ޝަރިއަތުގައި ފުލުހުން ހުށަހެޅިއެވެ.

އެހެންކަމުން އަލީ އަހްމަދުގެ ފޯނުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ގެންގުޅެފައިވާކަން ސާބިތުވެފައިވާތީ، ދިވެހި ރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށޫން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަލީ އަހްމަދު 18،000 ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައކަން ކޯޓުން ވަނީ އަންގައިވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *