ގަވާއިދާ ހިލާފު ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތައް އެނގޭތައް، އަވަހަށް ޓާސްކް ފޯސްއަށް ރިޕޯޓުކޮށްލާ

ގަވާއިދާ ހިލާފު ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތައް އެނގޭތައް، އަވަހަށް ޓާސްކް ފޯސްއަށް ރިޕޯޓުކޮށްލާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައެއް ނެތި، ޤަވާއިދާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް، އެފަދަ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯހުން އާންމުންނަށް ގޮވާލައިފިއެވެ.

ޓާސްކްފޯހުން ބުނީ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު އެ އިދާރާގެ ހޮޓްލައިން ނަންބަރު 9388733 އަށް މެސެޖުކުރުމުން ބަލައިގަންނާނެ ކަމަށެވެ. އަދި އާންމު އެސްއެމްއެސްގެ އިތުރުން ޓެލެގްރާމް، ވަޓްސްއެޕް އަދި ވައިބަރ މެދުވެރިކޮށްވެސް މި ނަންބަރަށް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ޓާސްކްފޯހުން ޔަޤީންކަން ދެމުން ބުނީ، މެސެޖުކުރާ އެއްވެސް ފަރާތެއްގެ ވަނަވަރު ހާމަނުކުރާނެ ކަމަށާއި، މަޢުލޫމާތުގެ ސިއްރު ފުރިހަމައަށް ހިފަހައްޓާނެ ކަމަށެވެ. މީގެއިތުރުން، މަޢުލޫމާތު ދޭ ފަރާތްތަކުން ތަޙުޤީޤުގެ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ މާލީ މުޢާމަލާތްތައް ހުއްޓުވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޓާސްކްފޯހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *